ރ. އިނގުރައިދޫއަށް ނިސްބަތްވާ 6 އަހަރުގެ ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ތާރީޙުގެ ތެރެއަށް!
ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ ކުޑަކުއްޖަކު ޤުރުއާން އެއްކޮށް ހިތުދަސްކޮށްފިއެވެ. ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވަނީ ޔޫސުފް ބިން މާޒިންއެވެ.   އަމިއްލަ ފަރާތަކުން ހިންގާ ދޮންދޫނި ޕްރީ ސްކޫލުން މިއަހަރު ޔޫކޭޖީ ނިންމި ޔޫސުފްވަނީ ޤުރުއާން އެއްކޮށް ހިތުދަސްކޮށް އެ ސްކޫލަށް ކިޔުއްވާފައެވެ. ޔޫސުފްއަށް އުމުރުން ހަތް އަހަރު ނުވާތީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޮމިޓީއަށް އަދި ކިޔައެއް ނުދެއެވެ.   ޔޫސުފްގެ ބައްޕަ މާޒިން ހުސެއިން އިބްރާހިމް، މިހާރު ނޫހާއި ވާހަކަދައްކަމުން ބުނެފައިވަނީ އޭނާގެ ދަރިފުޅަށް އެ ފުރުސަތު ހޯދައިދީފައިވަނީ ދޮންދޫނި ސްކޫލުން ކޮށްދިން ބުރަ މަސައްކަތުންކަމަށާއި އެހެންކަމުން އެ ސްކޫލުގެ ވެރިންނަށާއި ޔޫސުފްގެ އާންޓީ ފާތިމަތު ޝިޔާޒާއަށް ޝުކުރުއަދާކުރާކަމަށެވެ.   ޔޫސުފްވަނީ މިއަހަރު އެކަނިވެސް 22 ފޮތް ހިތުދަސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ޔޫސުފް މި ފަޚުރުވެރި ކާމިޔާބީއަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ޔޫސުފްއަށާއި ޔޫސުފްގެ މައިބަފައިންނަށް މަރުހަބާ ކިޔަމުންނެވެ.   މީގެ ކުރިންވެސް ދޮންދޫނި ޕްރީ ސްކޫލުން ކިޔަވާ ނިންމި ކުއްޖަކުވަނީ ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.    ފޮޓޯ: އަވަސް އޮންލައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...