ރ. އަތޮޅު ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއް ވަނަ މަޑުއްވަރީއަށް!
ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރ. އަތޮޅުގެ އެންމެ ބޮޑު ޤުރުއާން މުބާރާތް، ރ. އަތޮޅު ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ރ. މަޑުއްވަރީން ހާސިލްކޮށްފިއެވެ.   މުބާރާތުގެ އެއް ވަނަ މަޑުއްވަރީ ހޯދާފައިވަނީ ޖުމްލަ 873 މާކްސް ހޯދައިގެންނެވެ. މަޑުއްވަރީގެ ފަހަތުން ދެވަނަ ލިބުނު ހުޅުދުއްފާރަށް ލިބިފައިވަނީ 854 މާކްސްއެވެ. އަދި ތިންވަނަ ހޯދި އަލިފުށްޓަށް ލިބިފައިވަނީ 836 މާކްސްއެވެ. މުބާރާތުގެ އެއްވަނަ ހޯދި މަޑުއްވަރީގެ 7 ބައިވެރިޔަކުވަނީ މުބާރާތުން ވަނަތައް ހާސިލްކޮށްފައެވެ.   އުނގޫފާރުގައި ކުރިއަށް ދިޔަ މި މުބާރާތުގައި ރ. އަތޮޅުގެ 11 ރަށަކުން ބައިވެރިވެފައިވާއިރު ޖުމްލަ 87 ބައިވެރިޔަކު މުބާރާތުގައި ކިޔަވާފައިވެއެވެ.   މި މުބާރާތުގައި ބައިވެރިވި މީދޫގެ 6 ދަރިވަރަކުވެސް ވަނީ ވަނަތައް ހާޞިލްކޮށްފައެވެ.   ފޮޓޯ: މަޑުއްވަރީ އޮންލައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...