އަތޮޅު ޤުރުއާން މުބާރާތުން މީދޫގެ 6 ބައިވެރިޔަކު ވަނަތައް ހާޞިލްކޮށްފި
މި މަހުގެ 18 އިން 20 އަށް ރ. އަތޮޅު އުނގޫފާރުގައި ކުރިއަށްދިޔަ ރ. އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ރ. މީދޫ ތަމްސީލްކުރި ބައިވެރިންގެ ތެރެއިން 6 ބައިވެރިއަކު ވަނަތައް ހާޞިލްކޮށްފިއެވެ.   މީދޫއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން 3 ބައިވެރިން އުމުރުފުރާގެ 1 ވަނަ ހޯދާފައިވާއިރު 2 ވަނަ ވެސް ތިން ބައިވެރިޔަކު ހޯދާފައިވެއެވެ. އެއްވަނަ ހޯދާފައިވާ ބައިވެރިންނަކީ އަބްދުﷲ ޝަހުދާން، ސަޙިއްޔާ އަބްދުލް ޣަނީ އަދި އިޔާން އަބްދުލް ޢަޒީޒްއެވެ. ދެވަނަ ހޯދާފައިވަނީ އިޝާ ރަޝީދު، އަޒުމާ އިބްރާހިމް އަދި ޒަޔާން ޝަރީފްއެވެ.   އަތޮޅު ޤުރުއާން މުބާރާތް އުނގޫފާރުގައި ބާއްވާފައިވާއިރު މިއީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވިދާޅުވިއެވެ. އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް ބާއްވާފައި މިވަނީ އެއް އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ.   މިއަހަރުގެ އަތޮޅު މުބާރާތުގެ އެއް ވަނަ ހޯދާފައިވަނީ ރ. މަޑުއްވަރީ އެވެ. ދެވަނަ ރ. ހުޅުދުއްފާރުން ހޯދިއިރު ތިންވަނަ ހޯދާފައިވަނީ ރ. އަލިފުށިންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...