އަނަސްގެ މަރުގެ މައްސަލައިގެ ޝަރީޢަތް މި މަހު 25 ގައި ފަށަނީ
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް މަރާލި ރ. މީދޫ ފެންފިޔާޒުގެ، މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ 7 މީހުންގެ ޝަރީޢަތް މިމަހުގެ 25 ގައި ފަށަން ތަޢާވަލުކޮށްފިއެވެ.   އަނަސް މަރާލި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގޮސްފައިވަނީ ދިފާޢުން ފާހަގަކޮށްފައިވާ ނުކުތާތަކާއި ގުޅިގެން ޝަރީޢަތުން އެކަންކަމަށް ގޮތެއް ނިންމުމެވެ. އެގޮތުން ދިފާޢުން ހުށައަޅާފައިވާ އެއްވެސް ކަމަކާއި އެއްކޮޅަކަށް ޝަރީޢަތުން ގޮތެއް ނިންމާފައި ނުވާކަން ފާޙަގަކޮށްލެވެއެވެ.   އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަމީ 7 މީހެއްގެ މައްޗަށެވެ. އެ ހަތް މީހުންނަކީ ލ. ގަން ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒާއި ޅ. ކުރެންދޫ އަސުރުމާގެ އަޙްމަދު ޒަޔާނާއި، މ. ލޮނުމިދިލިގެ އަފްރާޙު އަބްދުއްރައްޒާޤ، ތ. ކިނބިދޫ ގުލްފާމުގެ މުޙައްމަދު ޝާޒުގެ އިތުރުން ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.   އަނަސް މަރާލިތާ ދެ އަހަރުވެފައިވާއިރު މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ ސްޕީޑާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ރައީސް ސޯލިޙް މީދޫއަށް ވަޑައިގެންނެވި ދުވަހު މި ކަންބޮޑުވުންތައް އަނަސްގެ އާއިލާއާއި ރައްޓެހިންވަނީ ރައީސް ސޯލިޙުއާއިވެސް ހިއްސާކޮށްފައެވެ.   ޝަރީޢަތުގެ މަޢުލޫމާތު: ވަގުތު
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...