އައު ސަރުކާރުގެ ފުރަތަމަ ދުވަހު އަނަސްގެ މައްސަލައަށް އިންސާފު ހޯދުމުގެ މަސައްކަތްފެށިގެންދާނެ - މޫސާ އަލީ މަނިކު
އައު ސަރުކާރުގެ ފުރަތަމަ ދުވަހު މަރުހޫމް މުހައްމަދު އަނަސްގެ މަރުގެ މައްސަލައަށް އިންސާފު ހޯދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވިދާާޅުވެއްޖެއެވެ.    މޫސަ މިހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ. މަރުހޫމް މުހައްމަދު އަނަސް އަނިޔާވެރިގޮތަކަށް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުތެރޭގައެވެ.   
މޫސަގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އިންސާފަށް ބީރުކަންފަތެއް ދީގެން ތިބިތިބުމަށް ނިމުން އަތުވެއްޖެމަށާއި ގެއްލުވާލެވުނު އަދި މަރާލެވުނު އަދި ގޮތްނޭނގޭ މަރުތަކަށް އިންސާފުލިބިދިނުމަށް އޮތް ހުރަސް ރައްޔިތުން ނައްތާލަދެއްވައިފިކަމަށެވެ. 
އަނަސްގެ މަރުގެ މައްސަލައިގައި ޝަރީއަތަށް ފޮނުވާފައިވާ މުޖުރިމުންނަކީ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒާއި ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާން އަދި ގ. ދިމިޝްގު، އުސްމާން ޝަރީފެވެ.    ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މި މީހުންގެ ތެރެއިން އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މުޖުރިމު ޒަޔާނާއި، އުސްމާން އަދި އަފްރާހު އާއި ޝާޒުއެވެ. މިއެންމެންގެ ޝަރީއަތް ފެށިތާ މިހާރު އެތަކެއް މަސްތަކެއް ފާއިތުވެފައިވާއިރު އެއްވެސް މީހެއްގެ މައްޗަކަށް އަދިވެސް ހުކުމެއް އިއްވޭ ހިސާބަކަށް ޝަރީއަތް ގޮސްފައެއް ނުވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...