ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކަބް ސްކައުޓުން!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ކަބް ސްކައުޓް ބެޗުގެ ދަރިވަރުން ހުވާކޮށްފިއެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަބް ސްކައުޓް ތަޢާރަފްކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ހުވާކުރުމުގެ ޖަލްސާގައި ހުވާ ލައިދެއްވީ ސްކައުޓް ލީޑަރ އަޙްމަދު ޞަބާހުއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރ. މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗަރޖް އިބްރާހިމް ޝުހާދުއެވެ.   މީގެ އިތުރުން މި ޖަލްސާގައި އަރަބިއްޔާ ސްކޫލްގެ އެސިސްޓެންޓް ގުރޫޕް ސްކައުޓް ލީޑަރ ސައިފް އަޒްހަރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ކަބް ސްކައުޓުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގައި ޖުމްލަ 29 ދަރިވަރަކު ހުވާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...