ރައީސުލްޖުމުހޫރިއްޔާގެ ހާއްސަ އެވޯޑު ޑރ. ނަޖުދާއަށް! މުޅި މީދޫއަށް ފަޚުރެއް!
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، ރ. މީދޫ ޝާހިލް، ޑރ. އައިމިނަތު ނަޖުދާ ހާސިލްކުރައްވައިފިއެވެ.   ޑރ. އައިމިނަތު ނަޖުދާއަށް މި އެވޯޑު ލިބިވަޑައިގެންނެވީ ބަންގްލަދޭޝްގެ ރާޖް ޝާހީ މެޑިކަލް ޔުނިވާސިޓީން އެއްވަނަ ދަރިވަރު ހާސިލްކުރައްވައިގެންނެވެ. ޑރ. އައިމިނަތު ނަޖުދާއަށް މި އެވޯޑު ހަވާލުކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ޖުމުހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ.   މި އެވޯޑު ހާސިލްކުރެއްވުމަށްފަހު އެމް.ޓީއަށް ވާހަކަދައްކަވަމުން ޑރ. ނަޖުދާ ވިދާޅުވީ، މައިބަފައިންނާއި ޢާއިލާ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހާޞިލްކުރެވުނީތީ ވަރަށް އުފާވާ ކަމަށާއި ކުރި ބުރަ މަސައްކަތް ހާސިލްވެއްޖެކަމުގެ އިޙުސާސްކުރެވޭކަމަށެވެ.   ޑރ. ނަޖުދާ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައެވެ.   ޑރ. އައިމިނަތު ނަޖުދާ މި ހޯދެއްވި ފަޚުރުވެރި ކާމިޔާބީއަށް މީދޫ ޓައިމްސްގެ ފަރާތުން މަރުހަބާ ކިޔަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...