ރ. ދުވާފަރު ރައްޔިތެއްގެ ބޭސްފަރުވާއަށް އެހީވުމަށް މިއަދު މީދޫގައި ހެދިކާ ވިއްކަނީ
ރ. ދުވާފަރު މުރަކަ، ރުޤިއްޔާ ޔަޙްހާއަށް އެހީވުމަށް މިއަދު ހަވީރު މީދޫގައި ހެދިކާ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.   'އުއްމީދު އެހީ' ގެ ފަރާޔުން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރަށުގެ ދެ ސަރަހައްދެއްގައިކަމަށް އުއްމީދުން މަޢުލޫމާތުދެއެވެ. ހެދިކާ ވިއްކުމަށް ފެށިފައިވަނީ ފަހީމީގެ ކަންމަތިންނާއި ފުނަމާގެ ކަންމަތިންނެވެ. އެގޮތުން ދެ ސަރައްހައްދުގައިވެސް ބަގީގައި ހެދިކާ ވިއްކުން ކުރިއަށް ގެންދާނެއެވެ.   'އުއްމީދު އެހީ' އަކީ އުއްމީދު ޖަމުޢިއްޔާއިން ބަލިމީހުންނަށް އެހީވުމަށްޓަކައި ފަށާފައިވާ އެ ޖަމުޢިއްޔާގެ ގޮތްޕެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...