ޕީސް ފައުންޑޭޝަންގެ ޔޫތު ކޭމްޕް ޑިސެމްބަރު މަހު! ދަތުރު އޮތީ މެލޭޝިޔާއަށް!
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޕީސް ފައުންޑޭޝަނުން މިއަހަރުގެ ޑިސެމްބަރު މަހު ހާއްސަ ޔޫތު ކޭމްޕެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ. މެލޭޝިޔާގައި ކުރިއަށް ގެންދާ މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރުން 24 ޑިސެމްބަރަށެވެ.   އުމުރުން 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި ކޭމްޕުގައި ދެ ޖިންސުގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ. މި ކޭމްޕުގެ ތެރެއިން މައިގަނޑު ދެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޢަރީސް ޔުނިވާސިޓީގައި އިސްލާމްދީނުގެ އަސާސްތަކާއި ގުޅޭ 5 ދުވަހުގެ ފައުންޑޭޝަން ކޯހަކާއި ޑިސެމްބަރު 14 އިން 22 އަށް ކުރިއަށް ގެންދާ ޒުވާނުންގެ ކޭމްޕެކެވެ. އަލްޙާދިމް ޔޫތު ކޭމްޕްގެ ނަމުގައި ކުރިއަށް ގެންދާ މި ކޭމްޕް އޮންނާނީ މެލޭޝީޔާގެ ލަންކާވީގައެވެ.   ޕީސް ފައުންޑޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި އެ ޖަމިއްޔާއިން ހުށައަލާފައިވާ ޕެކޭޖުގައި އެ ދަތުރުގެ ހުރިހާ ޙަރަދެއް ހިމެނޭނެކަމަށާއި މި ކޭމްޕުގައި ބައިވެރިވާ އަންހެން ކުދިންނާއިއެކު މަހުރަމެއް ދަތުރުކުރުން ލާޒިމްވާނެކަމަށެވެ. އަދި މަހުރަމުގެ ހުރިހާ ހަރަދެއް އެ ޖަމިއްޔާއިން ކުރާނެކަމަށްވެސް މަޢުލޫމާތުދެއެވެ.   ޕީސް ފައުންޑޭޝަން ވުޖޫދުވީ ފަހުން ދީނީ އަދި ތަޢުލީމީ ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު އެ ޖަމުޢިއްޔާއިންވަނީ ރ. މީދޫގައި 'ލަކުސަނަ' ނަމުގައިވެސް ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...