ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮފީސް އިމާރާތެއް އަޅަން ބަޖެޓުގައި 2.7 މިލިއަން ރުފިޔާ!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެ ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 2،725،000 ރުފިޔާ ހިމަނައިފިއެވެ.   ފިނޭންސް މިނިސްޓްރީން 2020 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮފީސް އިމާރާތެއް އެޅުމަށް ބަޖެޓުކޮށްފައިވާއިރު ރައީސް ސޯލިޙު މީދޫއަށް ވަޑައިގެންނެވި ދުވަހު މި މަޝްރޫއު ބަޖެޓުގައި ހިމަނައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު އާ އޮފީސް އިމާރާތަކީ ތަޢުލީމީ މަރުކަޒަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އިމާރާތެކެވެ. މި އިމާރާތުގެ އިތުރުން ބަޖެޓުގައި ދެން މީދޫއަށް ކަނޑައަޅާފައިވަނީ ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކުރުމާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...