'ތަކުރުފާނު އެވޯޑު' އަދި 'ތައްޚާނު އެވޯޑު'ގެ ނަމުގައި މީދޫ ކައުންސިލުން އިތުރު ދެ އެވޯޑެއް ދެނީ
މީދޫ ކައުންސިލުން ޤައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ދެމުންދާ ހާއްސަ އެވޯޑުތަކުގެ ތެރެއަށް އިތުރު ދެ އެވޯޑެއް ހިމަނަން މީދޫ ކައުންސިލުން ނިންމައިފިއެވެ.   އެގޮތުން އަލަށް ދިނުމަށް ނިންމާފައިވާ ދެ އެވޯޑަކީ 'ތަކުރުފާނު އެވޯޑު' ގެ އިތުރުން 'ތައްޚާނު އެވޯޑު'އެވެ. މީގެ ތެރެއިން ތަކުރުފާނު އެވޯޑަކީ ވެރިކަން ކުރުމުގެ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. ތައްޚާނު އެވޯޑަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.   މީދޫ ކައުންސިލުން މިހާރުވެސް އަންނަނީ ކަލޭފާނު އެވޯޑުގެ އިތުރުން ނޫރާނީ ފިލާ އަދި ނަލަމީދޫ އެވޯޑު ދެމުންނެވެ. އެގޮތުން 2018 ވަނަ އަހަރު އަދި މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައިވެސް އެކި ފަރާތްތަކަށް މި އެވޯޑުތައް އަރުވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...