ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ.!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން އެބަދެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާކަމެއް ހަމަޖައްސައިގެން ކުރިޔަށް ގެންދަނީ ބެލެނިވެރިންނެވެ. ޓީޗަރުންގެ ދުވަހަކީ މިމަހުގެ 5 ވަނަ ދުވަސްކަމުގައި ވީނަމަވެސް މިއަދު ދުވަސް ފާހަގަ ކުރަނީ މިއީ މިއަހަރުގެ އޯ ލެވެލް އަދި އޭ ލެވެލް އިމްތިޙާން ކުރިއަށްދާ ދުވަސްވަރު ކަމަށްވެފައި އިމްތިހާން ނެތް ދުވަހަކާ ދިމާކޮށް އެދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެއްވައެވެ. 

 މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު 06:30 ގައި މުދައްރިސުން ސުކޫލަށް ހާޒިރުވި ވަގުތު، ދަރިވަރުންނާއި ބެލެނިވެރިންވަނީ ޓީޗަރުންނަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އަދި އެއަށްފަހު ބެލެނިވެރިން އިންތިޒާމްކުރި ޙާއްޞަ އެސެމްބްލީއެއް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓި ޕާރޕޯސް ހޯލްގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މި އެސެމްބްލީގައި ޓީޗަރުންގެ ދުވަހުގެ ޙާއްޞަ ކޭކެއްވަނީ ފަޅާފައެވެ. މި ކޭކް ފަޅުއްވާދެއްވީ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ފަރުހަތެވެ. 

މި އެސެމްބްލީގައި ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓީޗަރުންގެ ހިދުމަތަކީ އެންމެ ދުވަހަކުން ވަޒަންކޮށްލެވޭ ވަރަށްވުރެ ބޮޑު ހިދުމަތެއްކަމަށާއި އަދި މި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދަރިވަރުންނަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ މުދައްރިސުންދޭ ނަސޭޙަތް އަޑުއަހާ މުދައްރިސުންގެ ބަސްއެހުންކަމުގައިވެސް ޕްރިންސިޕަލްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ. ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މެންދުރު، ބެލެނިވެރިންވަނީ ޙާއްސް ފަރިއްކޮޅެއް ޓީޗަރުންނަށް ދެއްވާފައެވެ. އަދި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ޙާއްސަ ކުޅިވަރުތަކެއް ސްކޫލްގެ ގޯތިރެތޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...