މީދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން ބުދަދުވަހު!
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައިމަހު ރަށު ކައުންސިލްތަކުން ބާއްވަންޖެހޭ ރައްޔިތުންގެ އާއްމު ބައްދަލުވުން މި ޖުލައިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭ ބާއްވާނެކަމަށް މީދޫ ކައުންސިލުން ހާމަކުރައްވައިފިއެވެ.އެ ކައުންސިލުން އާއްމުކުރި އިއުލާނެއްގައިވާގޮތުން މި ބައްދަލުވުން އޮންނާނީ މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގައެވެ. މި ބައްދަލުވުމުގައި ދެކަމަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މީދޫ ކައުންސިލުން ހާމަކުރައްވައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލަށް މަޝްވަރާ ހޯދުން ހިމެނެއެވެ. މީދޫ ކައުންސިލުން މީގެކުރިން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައިވެރިވެފައިވަނީ އާއްމުންގެ މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...